ads
ރާއްޖޭގައި ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލުން
37 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިިކަން ދޭން ނިންމި ދެ މީޑިއާއެއްގެ ފައިސާ ހިފަހައްޓައި 37 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި އެވެ.
Advertisement

ކޮމިޝަނުން ފައިސާ ދޫނުކުރަން ނިންމީ ކޮން ދެ މީޑިއާއެއްގެކަން އަދި ހާމަ ކޮށްފައިއެއް ނުވެ އެވެ. 

ބަރާބަރަށް ނުހިންގާ މީޑިއާތަކަށް ފައިސާ ދޫކުރާތީ އެކަމާއި ކަންބޮޑުވުން ރައްޔިތުން އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ވަނީ ފާޅުކޮށްފައި އެވެ. 

މީޑިއާ ގްރާންޓަށް 41 މީޑިއާއެއް ޝަރުތު ހަމަވިކަން ހާމަކޮށް ޕޮއިންޓް ދިން ގޮތާއެކު ލިސްޓް ހާމަކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ފުރަތަމަ ނިއުސް އަދި ކުޅުދުއްފުށި އޮންލައިން މާލީ އެހީތެރިކަމަށް އެދުމަށްޓަކައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަން ދިން މުއްދަތުގައި އެކަން ނުކުރާތީ ފައިސާ ދޫނުކުރަން ވަނީ ނިންމާފަ އެވެ.

އަމިއްލަ މީޑިއާތަކަށް މިއަހަރު ދައުލަތުން ދިނުމަށް ކަނޑައަޅާފައިވާ މާލީ އެހީއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އެހީ ލިބުމުގެ ޝަރުތު ހަމަވަނީ 41 މީޑިއާއަކަށް ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ވަނީ ބުނެފައި އެވެ. 

މި އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން ޖުމްލަ 57 މީޑިއާއަކުން ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، ގްރާންޓަށް އެދި ޕްރޮފައިލް ހަދާފަ އެވެ.

މިދިޔަ އަހަރުގެ ބަޖެޓުން މީޑިއާތަކަށް ދިނުމަށް ކަނޑައަޅާފައިވަނީ 27.9 މިލިއަން ރުފިޔާއެވެ. މިއީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސަންޓެވެ. މި ފައިސާ ދޫކުރުމުގައި ބަލާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ތަންތަނަށެވެ. މީޑިއާތަކަށް މާކްސް ދިނުމުގައި މުވައްޒަފުންގެ އަދަދާއި، ތައުލީމީ ފެންވަރާއި ތަޖުރިބާގެ އިތުރުން މީޑިއާ ތަރައްގީކުރުމަށް ގެންގުޅޭ ޕްލޭން ފަދަ ކަންކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އެހީ ދިނުމުގެ މަރުހަލާގައި ލިބުނު ޝަކުވާތަކަށް ބެލުމަށްފަހު، ތިން ފަރާތެއްގެ ޝަކުވާ ބަލައިގެންފައިވާ ކަމަށް އެމްއެމްބީސީން ބުންޏެވެ. ޝަރުތު ހަމަވެގެން އެހީ ލިބޭ މީޑިއާތަކަށް ފައިސާ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، ކޮންމެ މީޑިއާއަކަށް ވެސް ލިބޭ ފައިސާގެ އަދަދު ޖަމާކޮށްދޭނީ އެއްފަހަރާ ކަމަށް ވެސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް