ads
މިނިސްޓަރު ރަމީލާ
އެޗްއާރްސީއެމްގެ ރައީސް އަކަށް ރަމީލާ އައްޔަނުކުރަން ރުހުން ދީފި
ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްގެ މަގާމަށް ކުރީގެ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
Advertisement

މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ރަމީލާ އެޗްއާރްސީއެމްގެ ރައީސްގެ މަގާމަށް އައްޔަނުކުރުމަށް ރުހުން ދީފައިވަނީ ހާޒިރުވެ ތިބި 39 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާއި އެކުގައި އެވެ. 

އެޗްއާރްސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރުމާ މެދު މަޖިލީހުގެ ރުހުން އޮތްތޯ ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްެރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިއްވުމަށް ފަހު، އެކަން ދިރާސާކުރަން ފޮނުއްވާފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ.

މިއަދުގެ މަޖިލީހުގައި ވަނީ އެ ކޮމިޓީގެ ރިޕޯޓްވެސް މަޖިލީހުގައި އިއްވާފައި އެވެ. އަދި އެކަމާއި ގުޅިގެން ބަހުސް ވެސް ކޮށްފައިވެ އެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. 

އެ ކޮމިޝަންގެ މެންބަރުކަމަށް ރަމީލާ އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު ތިނެއްގަ އެވެ. 

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ މިނިސްޓަރުކަމުން، ރަމީލާ މިދިޔަ އަހަރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަކާ ގުޅިގެންނެވެ.

އެޗްއާރްސީއެމްގައި ޖުމްލަ ފަސް މެންބަރުން ތިއްބައެވެ.

އެ ކޮމިޝަންގައި މިހާރު ތިއްބެވީ ރައީސް މަރިޔަމް މުނާ، ނައިބު ރައީސް މުހައްމަދު ޝަފީގު މަހުމޫދު، މެންބަރު ސަމާއު އަހުމަދު ނަޖީބާއި އިސްމާއީލް ހަބީބް އަދި އަހުމަދު މައުސޫމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް