އިސްލާމިކް މިނިސްޓްރީން މިއަދު ނެރުން އިއުލާނެއްގައި ބުނެފައިވަނީ ދެވަނަ މުބާރާތެއް ބާއްވަން ނިންމާފައިވަނީ ފުރަތަމަ މުބާރާތައް ލިބުން ފުރިހަމަ ތަރުހީބަށާއި އަދި ރޫހާނީ ގޮތުން ލިބުނު ކުރިއެރުމަށް ބަލާފައި ކަމުގައި އެވެ.
މި މުބާރާތުގެ މަގްސަދަކީ މުޖްތަމައުގެ ހުރިހާ އެންމެންގެ މެދުގައި އިސްލާމީ އަގީދާ އާއި މެދު އޮތް ލޯބި އިތުރުކުރުމާއި، އަދާންގެ ފަންނާއި އިލްމާއި ހުނަރު އަގުވަޒަން ކުރުމުގެ އިތުރުން ރާއްޖޭގެ 19 އަތޮޅުގައި ދިރިއުޅެމުން ދާ އެންމެހާ ފަރާތަކުގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކުރުމާއި ހެޔޮކަންކަމުގެ ރޫހު އިތުރު ކުރުމާއި އެކު މިި މުގައްދިސް ސަގާފަތްް ދިރުވާ އާލާކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ 15-20 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނައް ކަމަށް އެ އިދާރާއިން ބުނި އެވެ.
ކުރިން ބޭއްވުން ބަންގި ގޮވުމުގެ މުބާރާތުގެ ތެރެއިން
އެ އިދާރާއިން ފާހަގަ ކުރިގޮތުގައި މި މުބާރާތް ކުރިޔަށް ދާނީ 2 ބުރަކަށް ބެހިގެން ކަމުގައި އެވެ.
ފުރަތަމަ ބުރުގައި ކޮންމެ ބައިވެރިއަކުވެސް ބޭނުން އަދާނެއް ދެވޭނެ ކަމަށާއި މި ބުރުގައި ވަޒަން ކުރެވޭނީ ތަޖުވީދު، ރާގު، ސާފުކަން، އަޑުގެ ފެންވަރު އަދި ސުންނަތަށް ތަބާވުން ކަމަށް އެ އިދާރާއިން ފާހަގަ ކުރެ އެވެ.
ދެވަނަ ބުރުގައި އެއްވަނަ ބުރުގައި ހޮވޭ ގަދަ 7 ބައިވެރިން ދަތުރުކުރާނެ ކަމަށާއި މި ބުރުގައި ހަވާލުކުރެވޭ މަގާމާތަކުގެ ތެރެއިން މަގާމާއަކަށް އަދާން ދިނުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.