ads
ކިޑްނީގަ އުފެދޭ ހިލަ
ތަކުރާރުކޮށް ކިޑްނީގައި ހިލަ އުފެދޭ ނަމަ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑު
ކިޑްނީގައި ހިލަ އުފެދުމަކީ އާންމުކޮށް ގިނަ ބަޔަކަށް ދިމާވާ ސިއްހީ މައްސަލައެއް ކަމުގައި ވިޔަސް، މިއީ ކެންސަރު ފަދަ ނުރައްކާތެރި ބައްޔަކަށް މަގުފަހިވެދާނެ ކަމެއް ކަމަށް އާ ދިރާސާތަކުން ދައްކައިފިއެވެ.
Advertisement

ހާއްސަކޮށް ތަކުރާރުކޮށް ކިޑްނީގައި ހިލަ އުފެދޭ މީހުންނަށް ކިޑްނީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްހީ މާހިރުން ވަނީ އިންޒާރު ދީފައެވެ. ކުރިން ހީކުރެވިފައި އޮތީ ހިލަ އުފެދުމަކީ ވަގުތީ ތަދެއް އިހުސާސްވާ ކަމެއް ގޮތުގައި ނަމަވެސް، ފަހުގެ ހޯދުންތަކުން ދައްކަނީ މިއީ ދާއިމީ ބަލިތަކާ ގުޅިފައިވާ ކަމެއް ގޮތުގައެވެ.

ސައިންސްވެރިން ހަދާފައިވާ މި ދިރާސާތަކުން އެނގުނު ގޮތުގައި، ކިޑްނީގައި ހިލަ އުފެދުމާ ގުޅިގެން ކިޑްނީއަށް ލިބޭ ގެއްލުމާއި އަދި އެތެރޭގައި އުފެދޭ ދާއިމީ އިންފްލެމޭޝަންގެ ސަބަބުން ކެންސަރުގެ ސެލްތައް އުފެދުމަށް މަގުފަހިވެއެވެ. މިގޮތުން އެއް ފަހަރަށް ވުރެ ގިނައިން ހިލަ އުފެދި، އެކަމަށް ފަރުވާ ހޯދަން ޖެހިފައިވާ މީހުންގެ މެދުގައި ކިޑްނީގެ ކެންސަރު ޖެހުމުގެ ނުރައްކާ އެހެން މީހުންނާ އަޅާބަލާއިރު އެތައް ގުނައެއް އިތުރުވެގެންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި ޒުވާނުންނަށް ވެސް މިކަމުގެ ނުރައްކާ އެބައޮތްކަން ދިރާސާގައިވެއެވެ.

މިކަމާ ގުޅިގެން ޑޮކްޓަރުން އިލްތިމާސްކުރަނީ، ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލަ ދިމާވާނަމަ އެކަމަށް ލަސްނުކޮށް އެކަށީގެންވާ ފަރުވާ ހޯދުމަށެވެ. އަދި ދުވާލަކު މަދުވެގެން ދެ ލީޓަރު ފެން ބުއިމަށާއި، ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. މީގެ އިތުރުން ކިޑްނީގައި ރިއްސުމާއި، ކުޑަކަމުދާއިރު ލޭ އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ގަވާއިދުން ޓެސްޓުތައް ހަދައި، ސިއްހީ ހާލަތު މޮނިޓާކުރުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް