ads
ގ. ޝާރާޒް، އަލީ އިމްރާން ވަހީދު
އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރި މީހާ ހައްޔަރުކޮށްފި
މާލޭގެ ގޯޅިއެއްގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނަކަށް ހަމަލާދީ އަނިޔާކުރި މައްސަލައެއްގައި މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ގ.ޝާރާޒް، އަލީ އިމްރާން ވަހީދެވެ.

އެ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެގޮތުން އުމުރުން ދުވަސްވީ އަންހެނަކަށް ޒުވާން ފިރިހެނަކު ހަމަލާދޭ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

65%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް