އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރާފައިވާ ކަމަށާއި ރޯދަމަހުގެ ކުރިން އެ އަދަދު 300 އަށް އަރާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރައްވާފައިވާކަން ފާހަގަކުރައްވަމުން ޝަހީމް ވަނީ މިދިޔަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުމަށް ހާއްސަ ހަފްލާއެއް ބާއްވަން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން މި އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށާއި މިދިޔަ ރޯދަ މަހު 24 ހާފިޒުން ދަސްވެނިވިކަން ޝަހީމް ފާހަގަކުރެއްވި އެވެ.
މިވަގުތު މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ދަރިވަރުން / މީހުން ދަނީ ޤުރުއާން ހިތު ދަސްކުރަމުންނެވެ.