ads
ލަންކާ ހޮސްޕިޓަލް
ލަންކާ ހޮސްޕިޓަލްސް އިން އާސަންދަ ކަނޑާލައިފި
ލަންކާ ހޮސްޕިޓަލާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
Advertisement

ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން ފަރުވާ ހޯދާ ހޮސްޕިޓަލަށް އާސަންދަ މެދުކަނޑާލުމުން، ހިދުމަތް ހޯދަން އެ ހޮސްޕިޓަލަށް މިއަދު ދިޔަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ. 

ލަންކާއިން އާސަންދައިގެ ހިދުމަތް ދެމުންދަނީ ލަންކާ ހޮސްޕިޓަލާއި، ލަންކާ ޑާޑަންސް ހޮސްޕިޓަލުގެ އިތުރުން ނަވަލޯކާ ހޮސްޕިޓަލުންނެވެ. 

އެނގިފައިވާ ގޮތުގައި ލަންކާ ހޮސްޕިޓަލްގެ ބިލުތަކަށް އާސަންދައިން ދޭންޖެހޭ ވަރަށް ބޮޑު އަދަދެއް އޮތީ ނުދައްކަ އެވެ. އެގޮތުން 70 މިލިއަނެއްހާ ރުޕީސް، އެ ހޮސްޕިޓަލަށް ނުދައްކާ އޮތްކަން ވަނީ އެނގިފަ އެވެ.


އެއާއެކު އާސަންދައާއި ލަންކާ ހޮސްޕިޓަލާ ދެމެދު ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު، ދެކޮޅުން ވާހަކަ ދައްކައިގެން ވެސް އެއްބަސްވުމަކަށް ވަނީ ނާދެވިފަ އެވެ. އެއާއެކު ލަންކާ ހޮސްޕިޓަލުން ވަނީ އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ކަނޑާލައިފަ އެވެ.

ލަންކާ އަކީ ދިވެހިން އެންމެ ގިނަ އަދަދެއްގެ އުޅޭ އެއް ގައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް