ads
މީރާ އޮފީސް
މިދިޔަ މަހު ދައުލަތަށް ލިބުނު ޑޮލަރުގެ އަދަދު 157 މިލިއަނަށް
މިދިޔަ މަހު ދައުލަތަށް ލިބުނު ޑޮލަރުގެ އަދަދު 157 މިލިއަނަށް އަރާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ( މީރާ) އިން ބުނެފިއެވެ.
Advertisement

މީރާއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ދައުލަތަށް 3.24 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މީ މީރާއިން އަންދާޒާ ކުރި އަދަދަށްވުރެ 17.4 އިންސައްތަ އިތުރު އަދަދެއްކަމަށް އެ އިދާރާއިން ބުނެއެވެވެ. އަދި މީ 2024ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއަށްވުރެ 30.7 އިންސައްތަ އިތުރު އަދަދެކެވެ. 2024ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބިފައިވަނީ 2.48 ބިލިޔަން ރުފިޔާ އާމްދަނީއެކެވެ. 

މީރާއިން ބުނީ މިދިޔަ ޑިސެމްބަރު މަހު މީރާއަށް ބަލައިގެންފައިވާ ޢާމްދަނީގެ ތެރޭގައި 157.83 މިލިޔަން އެމެރިކާ ޑޮލަރުވެސް ހިމެނޭކަމަށެވެ. މިއީ، 2024ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މީރާއަށް ބަލައިގަނެފައިވާ 112.82 މިލިޔަން އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު 40 އިންސައްތަ އިތުރު އަދަދެއްކަމަށް އެ އިދާރާއިން ބުނެއެވެ. 

މިދިޔަ މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީ.އެސް.ޓީއިންނެވެ. ޖީއެސްޓީގެ ގޮތުގައި  1.72 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. 

ދެވަނައަށް  އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ ޓެކުހުންނެވެ. އެއީ 519 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން، ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 176 މިލިޔަން ރުފިޔާ އަދި އިންކަމް ޓެކުހުގެ ގޮތުގައި 160 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް