ads
މި އަހަރު ރާއްޖޭގައި އިތުރު ހަތް ރިސޯޓު ހުޅުވޭނެ: މިނިސްޓްރީ
މި އަހަރު ރާއްޖޭގައި 7 ރިސޯޓެއް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރު ރާއްޖޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި، ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓާއި، ސިކްސް ސެންސަސް ކަނުހުރާ (ރަށްގިރި) އަދި ދިންމާގާ މޯލްޑިވްސް ހިމެނޭ ކަމަށެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ އަދަދު 178 އަށް އަރަ ފައެވެ. މިއާއެކު ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީ 44،697 އަށް އަރަ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު 73.4 ޕަސެންޓް -- 1.6 މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

ރާއްޖޭގައި އަހަރުން އަހަރަށް ރިސޯޓްތައް އިތުރުވަމުން އަންނަ އިރު، އިގުތިސާދު ބިނާވެފައި އޮތީ ޓޫރިޒަމް ދާއިރާއަށެވެ. އަި ރާއްޖެ އަކީ ޓޫރިޒަމް ދާއިރާ އިިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް