ads
ފުލުހުން ވެހިކަލް އެއް ހުއްޓުވާ މީހަކާއި ސުވާލު ކުރަނީ
އޮޕަރޭޝަން އަލިމަގު: 10ގެ ބަލައި ފާސްކޮށް، 4 މީހަކު ހައްޔަރަށް
މިއީ، ބޮޑެތި ނެޓްވޯކުތައް ހުއްޓުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުންގެންދާ "އޮޕަރޭޝަން އަލިމަގު" ސިލްސިލާ ހަރަކާތުގެ ތެރެއިން މިއަދު 10 ގެއެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
Advertisement

މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތެކީގެ ވިޔަފާރިކޮށް، އެ ވިޔަފާރިން ލިބޭ ފައިސާ ލޯންޑާ ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

"މި އޮޕަރޭޝަނުގެ ތެރެއިން، ތުހުމަތުކުރެވޭ ފަރާާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ދެންމެ ބުނީ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައި ފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މިއިީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި ފުލުހުންގެ މައި އިންޓެލިޖެންސް ޑިޕާޓްމަންޓު އަދި ޑްރަގު އެންފޯސްމަންޓު ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް