ads
ގއ. އަތޮޅުގައި ޑްރަގު ވިއްކާތީ ހައްޔަރުކުތި މީހުން
ގއ. އަތޮޅުގައި ގައި ޑްރަގު ވިިއްކާތީ ހައްޔަރުކުރި މީހުންގެ ތެރޭގައި ސިޔާސީ މުވައްޒަފެއް
"އޮޕަރޭޝަން އަލިމަގު'ގެ ދަށުން އިއްޔެ ގއ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެކު ހިމެނިއްޖެއެވެ.
Advertisement

ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތެކީގެ ވިޔަފާރިކޮށް، އެ ވިޔަފާރިން މަނީ ލޯންޑަރިން ހިންގާތީ  ހައްޔަރު ކުރި މީހުން ވަނަވަރު ފުލުހުން ވަނީ އާއްމުކޮށްފައެވެ. 

އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން

  • ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާހް ލަތީފް (28އ) 
  • މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަހްމަދު މަދީހު (33އ) 
  • އައިޒަން / ގއ.ވިލިނގިލި، އަހްމަދު އަނާމް އިބްރާހީމް (30އ) 
  • އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޒާމް (35އ) 

މި ހަތަރު މީހުންގެ ތެރެއިން އަހްމަދު އަނާމް އިބްރާހިމް އަކީ މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާހް ލަތީފާއި އަހްމަދު މަދީޙާއި އަހްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ދެން ހައްޔަރުކުރި  ނޫރުއްނިޒާމް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް