އެޗްޑީސީން ބުނީ ވަގުތީ މާރުކޭޓު ހަދަނީ ދެވަނަ ފިޔަވަހީގައި ވިނަރެސް 8 ވަނަ ފްލެޓާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ބިމުގައިކަމަށެވެ.
ތަރުކާރީއާއި މޭވާއަށް ހާއްސަ މި ވަގުތީ މާރުކޭޓުގައި 24 ގޮޅި ހުންނާނެކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިތަނުގެ މަސައްކަޔް ކުރަމުން އަންނަކަމަށާއި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަޔް ނިންމާލެވޭނެކަމަށްވެސް އެޗްޑީސީން ބުނެއެވެ
އިމާރާތުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ގޮޅިތައް ދޫ ކުރުމުގެ މަސައްކަތް ފަށާނެކަމަށް ކަމަށް އެޗްޑީސީން ބުނެއެވެ . އަދި މި ގޮޅިތައް ދޫކުރާނީ ޢާއްމު އުސޫލުން ކަމަށާއި ގޮޅިތައް ދޫކުރާނީ އެ ކުންފުނިންކަމަށްވެސް އެޗްޑީސީން ބުނެއެވެ.