އޭނާ މިިހެން ވިދާޅުވެފައި ވަނީ އެމްޑީޕީން މިއަދު ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ނެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރުން ކައުންސިލްތައް މިނިވަންކަމާއި އެކު ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ސަރުކާރުން ދަނީ އަބަދުވެސް ރައްޔިތުންނައް އޮޅުވާލަމުން ކަމުގައި އެވެ.
އޭނާ އިތުރަށް ކައުންސިލުތަކަކީ ފަސް އަހަރުގެ މުއްދަތަށް ވެރިކަމަށް އަންނަ ވެރިއަކު ބޭނުންވާ ގޮތަކަށް ކަންކަން ކުރަން އޮންނަ ތަނެއް ނޫން ކަމަށާއި ގައުމު ހިންގުމުގެ ނިޒާމު ފެށިގެން އަންނަންޖެހޭނީ ރައްޔިތުންނާ ހިސާބުން "ތިރިން މައްޗަށް" ކަމުގަ އެވެ.
މިއަންނަ އިންތިހާބުގައި ރައްޔިތުން ވޯޓް ލާން ޖެހޭނީ ވަރަށް ވިސްނާއިގެން ކަމަށާއި ހުރިހާ ބާރެއް ސަރުކާރަށް ދޭން ވެއްޖެޔާ ނިކަމެތި ވާނީ ރައްޔިތުން ކަމުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
ރައްޔިތުން ވޯޓް ލާންޖެހޭނީ ރައްޔިތުންނައް ކަންކަން ކޮށްދެވޭނެ ފަދަ މީހުންނައް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެއްވެސް ބަޔަކު ބުނީމާ ވޯޓްލާ އުސޫލު މިހާރު ރައްޔިތުން ގެންގުުޅެން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.