ads
ޑްރަގު ރެކޯޑް އޮންނަ 57 އަހަރުގެ އަންހެނެއް، އަނެއްކާވެސް ހައްޔަަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫގެ ދުވަސްވީ އަންހެނަކު ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކުރީ އައްޑޫ ފޭދޫ، މުށިކުލާގޭ، އައިމިނަތު އިބްރާހީމް 57، އެވެ.

މިމިހާ ބަންދުކޮށް ބަންދުގެ މުއްދަތު ޖެހި ކްރިމިނަލް ކޯޓްގެ އަމުރުގައިވާ ގޮތުން މި އަންހެން މީހާގެ އަތުން ނުވަތަ ގުޅުން ހުރި ތަނަކުން، ޓްރެފިކް ކުރި ކަމަށް ބަލާ މިންވަރުގެ ބަރުދަން ހުރިި މަސްތުވާތަކެތި ވަނީ ފެނިފައެވެ. ކޯޓުން އޭނާގެ ބަންދަށް ޖަހާދީނީ 3 ދުވަހެވެ. ކޯޓުން އެގޮތަށް ނިންމީ އޭނައަށް ވަކީލެއް ހަމަޖެހިފައި ވީ ނަމަވެސް އެ ވަކީލު އަދި ކޯޓަށް އައްޔަންވެފައި ނުވާތީކަމަށް ކޯޓު އަމުރުގައިވެއެވެ.

ފުލުހުން ކުރާ ތުހުމަތުތަކަށް މި އަންހެން މީހާ ވަނީ ކޯޓުގައި އިންކާރުކޮށްފައެވެ. 

މި އަންހެން މީހަކީ ކުރިން ވެސް ކުށުގެ ރެކޯޑްތަކެއް އޮތް މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް