ސުންނީ ނުވަތަ ޝީއާ މުސްލިމެކޭ ކިޔަނީ މުސްލިމުން ބައިބައިކުރަން ކަމަށް ރައީސް މައުމޫން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ، ސުންނީ މުސްލިމަކަށް ވިއަސް ނުވަތަ ޝީއާ މުސްލިމް ނުވަތަ ސަލަފީ މުސްލިމަކަށް ވިއަސް އެ އެންމެންނަކީ ވެސް މުސްލިމުން ކަމަށެވެ. އެ ގޮތަށް ވަކިން ލޭބަލްކޮށް އެއްޗެހި ކިޔަނީ ބައިބައިކުރަން ކަމަށް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މައުމޫންގެ އެހެން ޕޯސްޓެއްގައިވަނީ، ޖަދަލުކޮށް އެކަކު އަނެކަކު ކުށްވެރިކޮށް ކާފިރު ކުރުމަކީ ރަހުމަތުގެ ދީނުގެ ސިފައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާ އާއި އިޒްރޭލުން ބައިވެރިވެ މި ފަހުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވަހާރަވުމުން، ސުންނީ އަދި ޝީއާ މުސްލިމުންގެ ބަހުސް ވަނީ ފެށިފަ އެވެ.
އެގޮތުން، މަޝްހޫރު ދީނީ އިލްމްވެރިޔާ އަހުމަދު ސަމީރު އިއްޔެ ވަނީ، ޝީއީންނަކީ ސަހާބީންނަށް ބަދުބަސް ބުނާ، ބާތިލު އަގީދާއެއްގެ މަތީގައި ތިބި ބައެއް ކަމަށް ސިފަކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;