ނައީމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކަށް ފަހު މިދިޔަ އާދިއްތަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރެއްގެ މަގާމު ފުރުއްވި ނައީމަކީ ހުޅުލޭ އެއާޕޯޓް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނު ކުރި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ތެރެއިން ބޭފުޅެކެވެ. އެއީ މީގެ 59 އަހަރުން ކުރިން ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައެވދެ.
ރަސްމީ މަސައްކަތުން ނައީމު, ރިޓަޔާ ކުރެއްވިތާ މިހާރު ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.