އެ ކުންފުނިން ކުރިން މުސާރަ ދެމުން އައީ ރުފިޔާއިންނެވެ. މިދިޔަ އަހަރު އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، އާމްދަނީ ޑޮލަރުން ވަންނަ ކުންފުނިތަކަށް މުވައްޒަފުންގެ މުސާރަ ވެސް ޑޮލަރުގެ ދިނުމުގެ ފުރުސަތު އޮވެ އެވެ.
މި ބަދަލު އެގޮތަށް ގެންނަން ނިންމީ، ގާނޫނުތަކާއި ގަވައިދުގެ ތެރެއިން މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މީގެ ދެ މަސް ކުރިން އެ ކުންފުނީގެ ބައެއް ރިސޯޓުތަކުގައި ޑޮލަރުން މުސާރަ ދޭން ވަނީ ފަށާފަ އެވެ. އަދި މި މަހުން ފެށިގެން އެ ކުންފުނިން ހިންގާ ހުރިހާ ރިސޯޓެއްގައި ޑޮލަރުން މުސާރަ ދޭން ކުންފުނީގެ ބޯޑުން މިހާރު ވަނީ ނިންމާފަ އެވެ.
ކްރައުން އެންޑް ޗަންޕާ ރިސޯޓްސް ކުންފުނީގެ ޖުމްލަ 11 ރިސޯޓެއް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ.
އޭގެ ތެރޭ ހިމެނެނީ، މަތީ ފަންތީގެ ހިދުމަތްދޭ، ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑާއި، ހުރަވަޅި މޯލްޑިވްސްއާއި، ކަގީ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއާއި، ވެލިގަނޑު މޯލްޑިވްސް ރިސޯޓް އައިލޭންޑްއާއި، ނަލަ މޯލްޑިވްސްއެވެ.
މީގެ އިތުރުން، ޖަވާކަރަ އައިލޭންޑްސް މޯލްޑިވްސްއާއި، މީރު މޯލްޑިވްސް ރިސޯޓް އައިލޭންޑްއާއި، ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާއާއި، ކުރެދޫ މޯލްޑިވްސްއާއި، ކޮމަންޑޫ މޯލްޑިވްސް ހިމެނެ އެވެ.