ads
ސައްހަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދުމަށް ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން
ބިދޭސީން ހިނގި ވިިޔަފާރިތަކެއް ބަންދުކޮށް ބަޔަކު ހައްޔަރުކޮށްފި
ބިދޭސީން ހިނގި ވިިޔަފާރިތަކެއް ބަންދުކޮށް ބަޔަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެެވެ.
Advertisement

ފުލުހުން ރޭގައި އެކްސްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދައި އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަން ތަކުގެ ތެރެއިން ރޭގައި ބައެއް ތަންތަން ބަލާ ފާސް ކުރެވިފައިވާ ކަމުގައި އެވެ. 

އެގޮތުން ޖުމްލަ 10 ތަނެއް ބަލައިފާސްކޮށް، 5 ތަނަކަށް ނޯޓިސް ދިނުމަށްފަހުވަނީ ބަންދުކުރެވިފައިވާ ކަމުގައި އެ ޕޯސްޓުގައި ބުނެފައިވެ އެވެ. 

އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

މި އޮޕަރޭޝަންތައް ކުރިޔަށް ގެންގޮސްފައިވަނީ ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)ގެ ފަރާތުން ބައިވެރިވެފައިވާ ކަމަށް އެ އިދާރާއިން ހާމަ ކުރި އެވެ. 

your imageސައްހަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދުމަށް ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން

ބިދޭސީންް ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ރަޖިސްޓްރީކޮށްދޭ ދިވެހިންނަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ މީގެ ކުރިން ދެއްވާފައި އެވެ. 

ހޯމް މިނިސްޓްރީން ބޭއްވި ޕްރެސެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ގަވައިދާ ހިލާފަށް ކުރަމުން އަންނަ ވިޔަފާރިތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެއް ހަފްތާ ތެރޭގައި 47 ވިޔަފާރި ބަންދުކޮށްފައިވާކަމަށެވެ. 

މީގެތެރޭގައި ގިނައީ ދިވެހިންގެ ނަމުގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ވިޔަފާރިތައްކަމަށް ހޯމް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. މިގޮތަށް ހުރި ވިޔަފާރިތަކަށް ބަލާއިރުގައި އެތަން ރެޖިސްޓްރީކޮށްފައިވާ ދިވެހި މީހާއަށް އެތަނުގައި ކުރަނީ ކޮން ވިޔަފާރިއެއްކަންވެސް ނޭނގޭކަން އިހްސާން ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް