އެ ކުންފުނިން ބުނީ މީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގޭގައި ބެހެެއްޓި ޖަނަރޭޓަރެއްކަމަށެވެ.
1200 ކިލޯވޮޓްގެ މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ދަނީ ބޭނުން ކުރަމުންކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މިއާއެކު، ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރެވި، އެ ރަށުގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވުމާއެކު، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
ރޯދައަށް ވިލިމާލެެއަށް ގެނައި ޖަނަރޭޓަރު ބަހައްޓާ ހިދުމަތް ދެނީ
ކޮންމެ އަހަރެއްގެވެސް ރޯދަ މަހަކީ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެގެންދާ މަހަކެވެ. އެހެންކަމުން ކަރަންޓްްގެ ކެޕޭސިޓީ ރަނގަޅުކުރުމަށް ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.