މީޑިއާތަކަށް މާލީ އެހީތެރިކަން ދިއުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގް ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން ޝަރުތު ހަމަވެ،
40 މީޑިއާއަކަށް ފައިސާ ލިބޭ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު ޔޫތު މިނިސްޓްރީއަށް އެންގުމުން މި މިނިސްޓްރީން ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މެދުވެރިކޮށް އެފަރާތްތަކަށް ފައިސާ ޖަމާކޮށްދީފައެވެ.
މިގޮތުން 40 މީޑިއާއަކަށް 27،295،532.69 ރުފިޔާ ވަނީ ދީފަ އެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީއަކީ އަމިއްލަ މީޑިއާތައް ބާރުވެރިކުރުވައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމަށް ދެވޭ އެހީއެކެވެ.