ads
ރަސްމާލެ: ސައިޓް އޭގެ 71 ހެކްޓަރު ބިން ހިއްކައިފި
ރަސްމާލެ: ސައިޓް އޭގެ 71 ހެކްޓަރު ބިން ހިއްކައިފި
ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ރަސްމާލެ ސައިޓް އޭ އިން 56 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
Advertisement

ރަސްމާލެ މިހާރު ހިއްކަމުން ދަނީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރޭގައި ހިމެނޭ ކްރިސްޓަބަލް ކޮލޯންއިންނެވެ.

ކްރިސްޓަބަލް ކޮލޯންއަކީ 46,000 ކިއުބިކް މީޓަރުގެ ވެލި 155 މީޓަރު އަޑިން ނެގުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ. ތަންކޮޅެއް ތިލަކޮށް ބުނާނަމަ މިއީ އާންމު ޓީވީން ފެންނަ ފީފާ ސްޓޭންޑަޑުގެ ފުޓްބޯޅަ ދަނޑަކަށް 21 ފޫޓު އުސް މިނުގައި ވެލި އެޅުމުގެ ކުޅަދާނަކަން ހުރި އުޅަނދެކެވެ. 

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން މިހާރު ލީޑު ކުރަމުންދާ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން "ސައިޓް އޭ"އިން މިހާތަނަށް 71 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ. 

ސައިޓް އޭގެ މަސައްކަތް ފެށީ، މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިމުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެސައިޓުން ދޮޅު ހެކްޓަރުގެ ބިން ހިއްކައެވެ.

ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ރަސްމާލެ ތަރައްގީ ކުރުމަށް 1,009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާއިރު ފުރަތަމަ ބުރުގައި 15،000 ގޯއްޗަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ރަސްމާލެ ހިއްކުމަށްފަހު އެތަނުން ގޯތި ދޫކޮށް ފްލެޓް އިމާރާތް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ އެންމެ ބޮޑު ކެކުޅުން ކަމުގައިވާ، ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމަށް ހައްލުކުރާނެ މަޝްރޫއަށް ވެގެންދާނެކަމަށް ރައީސް މުއިއްޒުވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް