ads
އައިނު ފިހާރައަކުން މީހަކު އައިނެއް ޗެކްކުރަނީ
އާސަންދައިގެ ދަށުން މިހާރު 17 ތަނަކުން އައިނު ހެއްދޭނެ
އައިނު ހައްދަން ހޮސްޕިޓަލްތަކުން ދޫކުރާ ބޭސް ސިޓީއަށް އެކަނި އާސަންދަ ލިބޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ގިނަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ދޫކުރާ ނަމްބަރުތަކަށް ވެސް މިއަދުން ފެށިގެން އާސަންދަ ހަމަޖައްސައިދޭ ގޮތަށް ނިންމައި އެތަންތަނުގެ ލިސްޓް އާއްމުކޮށްފި އެވެ.
Advertisement

އާސަންދައިން ބުނީ ނަންބަރު އައިނުތަކަށް އާސަންދަ ސްކީމުގެ ހިދުމަތް ފޯރުކޮށް ދިނުމަށް އެމްޕެނަލްކުރެވި، އައިނު ހައްދައިދޭ ތަންތަނުން ރަޖިސްޓަވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް ވެސް އައިނު ހެއްދުމުގެ ހިދުމަތް ލިލިބޭނެ ކަމަށެވެ.

އާސަންދައިން އައިނު ހެއްދޭނެ ތަންތަން:

1. އޭޑީކޭ ހޮސްޕިޓަލް
2. އެޑްވާންސް އައި ކްލިނިކް
3. އެޑްވާންސް މެޑިކަލް ކްލިނިކް
4. އެއިމްސް ޑައިގްނޯސްޓިކް ކެއަ
5. އާޒިމް ނައީމް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަ
6. ޗިޓީ އޮޕްޓިކަލް ކްލިނިކް
7. އައި ކެއަ ކްލިނިކް
8. އައި ކެއަ ކްލިނިކް ހުޅުމާލެ ބްރާންޗް
9. އައި ކެއާ ހޮސްޕިޓަލް
10. އައި ކެއާ ހޮސްޕިޓަލް ހުޅުމާލެ
11. ފަރޫކް ހެލްތު ކެއާ
12. މަލްޑިކެއާ
13. ނޫސަންދާ
14. ސެނަހިޔާ
15. ޓްރީޓޮޕް ހޮސްޕިޓަލް
16. ވިޝަން ކްލިނިކް
17. ޕަބްލިކް ހެލްތު ފެސިލިޓީސް

އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ސަރުކާރުން ވަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގައި އައިނު ފިިހާރަ ހުޅުވައިފަ އެވެ. އަދި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް ސަރުކާރުގެ އައިނު ފިހާރަ ހުޅުވަން ހަމަޖެހިފައިވެ އެވެ.

ރާއްޖޭގައި އަމިއްލަ ވިޔަފާރިތަކުން ވިއްކާ އައިނުގެ އަގު ބޮޑުވުމުގެ ކަންބޮޑުވުންތައް އޮންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އައިނު ހައްދަން ލުޔެއް ދިނުމަށް ޓަކައި، މިދިޔަ ޖޫން މަހުން ފެށިގެން މި ސަރުކާރުން ވަނީ، ދެ އަހަރުން އެއް އަހަރު އައިނު ހައްދަން އާސަންދައިން ދޭ އެހީ 1،000 ރުފިޔާއިން 2،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް