އެ ފުރުސަތުގެ ބޭނުންހިފައިގެން މަޖޫރީންގެ ވެރިންވަނީ އެމީހުންނަށް ކުރިމަތިވާ ބައެއް މައްސަލަތައް ހިއްސާކޮށްފަ އެވެ. އެމީހުން ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި މުދާ އުފުލާ ގަޑިއާ ގުޅޭ ކަންބޮޑުވުންތަކުގެ އިތުރަށް، އިދާރީ ގޮތުން ކުރިމަތިވެފައި ހުރި މައްސަލަތައް ހައްލުކޮށް، އިދާރީ އިންތިޒާމުތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ހިމެނެ އެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި އެ ކުންފުނިތަކުގެ ވެރިންނަށް، މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކޮށް ބޭރުކުރުމުގައި ދިމާވާ ހުރިހާ ދަތިތައް ރައީސަށް ހުށަހަޅަން ފުރުސަތު ދިން ކަމަށެވެ.
މަޖޫރީންގެ ވެރިން ފާހަގަކުރި ގޮތުގައި މީގެ ކުރިން ދުވަހަކުވެސް މިފަަދަ ފުރުސަތެއް އެ މީހުންނަށް ލިބިފައި ނެތެވެ. އެމީހުންގެ މަސައްކަތުގައި ކުރިމަތިވާ އެކިކަހަލަ މައްސަލަތައް އޮޅުންފިލުއްވުމަށް ރައީސް ދެއްވި ފުރުސަތަކީ މިހާތަނަށް އެއްވެސް ވެރިޔަކު ކުރިން ދެއްވާފައި ނެތް ފުރުސަތެކެވެ.
މިގޮތުން، މުދާ އުފުލާ ގަޑިއާއި ވަސީލަތްތަކާއި އިދާރީ ނިޒާމް ހަރުދަނާކުރުމުގެ ކަންބޮޑުވުން އެ ވެރިން ވަނީ ރައީސްއާ ހިއްސާކުރައްވާފަ އެވެ.
އެ ކަންބޮޑުވުންތައް އެއްސެވުމަށް ފަހު އެ ކަންކަމަށް ހައްލެއް ހޯދައިިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.