ads
ސައިފްގެ މައްޗަށް ހައްޖަށް ކާމިޔާބު ހޯދީ 53 ވޯޓްގެ ތަފާތަކުން
ސައިފްގެ މައްޗަށް ކާމިޔާބު ހޯދާ އެމްޑީޕީ ޓިކެޓް ހައްޖައަށް
މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މެމްބަރު މުހައްމަދު ސައިފް ފާތިހު (އައިއްކޮ) ބަލިކޮށް މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލް ޓިކެޓް ހަދީޖާ މުހައްމަދު (ހައްޖަ) ކާމިޔާބު ކޮށްފިއެވެ.
Advertisement

އިއްޔެ ބޭއްވިި ޕްރައިމެރީގައި ހައްޖަ، ސައިފްގެ މައްޗަށް ކާމިޔާބު ހޯދާފައިވަނީ ބޮޑު ތަފާތަކުންނެވެ. ހައްޖައަށް 85 ވޯޓު ލިބުނުއިރު ސައިފަށް ލިބުނީ 32 ވޯޓެވެ. 

ހައްޖަ ޕްރައިމަރީ ކާމިޔާބު ކުރުމުން، ސައިފްވަނީ ހައްޖައަށް މަރުހަބާ ކިޔާފައެވެ. 

ސައިފް  މާލޭ ސިޓީ ކައުންސިލަށް ހޮވުނީ އެމްޑީޕީގެ ޓިކެޓްގައެވެ. އެހެންނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގައި އުފެދުނު ހިޔާލުތަފާތު ވުމަށްފަހު ސައިފް ވަނީ އެމްޑީޕީން ވަކިވެ ރައީސް ނަޝީދު އުފެއްދެއްވި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ. އެހެންނަަވެސް އޭރު ރައީސް ނަޝީދާއެކު އެމްޑީޕީ ދޫކޮށް ދިޔަ ގިނަ މެމްބަރުން އެމަނިކުފާނުވެސް ހިމެނޭހެން އަލުން ވަނީ އެމްޑީޕީއާ ގުޅިފައެވެ. 

އިއްޔެ ބޭއްވި އެމްޑީޕީ ޕްރައިމެރީގައި އެންމެ ވާދަވެރިކަން ބޮޑުވި މޭޔަރުގެ ޓިކެޓް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ މިހާރުގެ މޭޔަރު އާދަމް އާޒިމްއެވެ. އޭނާ އެ އިންތިހާބު ކާމިޔާބު ކުރެއްވީ 1411 ވޯޓު ހޯއްދަވައިގެންނެވެ. އާޒިމާއި  ވާދަކުރެއްވި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު، އަލީ އާޒިމްއަށް ލިބިވަޑައިގެންނެވީ 962 ވޯޓެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް