ads
ފެނުން އިތާއެއް
ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ތޫނު އިތާތަކެއް
ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ޕެން ކްލޭމްސް ނުވަތަ ފަޔަށް ގެއްލުންވެދާނެ ފަދަ ތޫނު އިތާ ވަޅުލެވިފައި ހުރިކަން ފާހަގަކުރެވިއްޖެ އެވެ.
Advertisement

މިކަމާއިގުޅިގެން ގިޔާސުއްދީން އިންޓަނޭސިނަލް ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތޮފާ ވަނީ ސޯސަލް މީޑިޔާގައި ޕޯސްޓެއް ކުރައްވާފައި އެވެ. 

އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އެ ސަރަހައްދަށް ފީނަނިކޮށް އެތަނުގެ މޫދުން އިތާ ވަޅުލެވިފައި ހުރިކަން ފާހަގަކުރެވުން ކަމަށާއި އެހެން ކަމުން އެ ހިސާބަށް އެރި އުޅޭ ފަރާތްތަކުން އެކަމަށް ސަމާލުކަން ދީގެން އުޅުމަށް އިލްތިމާސް ކުރައްވާ ކަމުގައި އެވެ. 

ޕެވިލިއަން ކައިރީ މޫދުގައި އެ އެއްޗެހި ހުރީ މޫދު އަޑިން، ކުޑަ ތަންކޮޅެއް ވެލިގަނޑު މައްޗަށް އަރާފައި ކަމަށާއި އެފަދަ އެއްޗަކަށް ފައިން އެރިއްޖެ ނަމަ ފައި ހަލާކުވުން ފަދަ ކަމެއް ދިމާވެދާނެކަމަށް މުސްތޮފާގެ ޕޯސްޓުގައި ވިދާޅުވި އެވެ.

އެ ސަރަހައްދަކީ ހިކި ދިޔައިގައި އާންމުކޮށް ހިނގާފައި މީހުން މޫދުގައި އުޅޭ ސަރަހައްދަކަށްވާތީ ހުސްފަޔާ އުޅޭއިތު އިތުރަށް ސަމާލުވާން ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

your imageއިތާ ފެނުން ސަރަހައްދު

އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އޭނާ އޭގެ ތެރެއިން ބައެއް އިތާތައް ނަގައިގެން ކައިފާވާ ކަމަށާއި އޭގެ މަހަކީ ވަރަށް މީރު މަހެއް ކަމުގައި އެވެ. 

އޭނާ ވަނީ އެތަނަށްދާ މީހުން ވީހާވެސް ގިނައިން އިތާ ނަގައިގެން ބޭނުން ކުރުމަށާއި އެހެން ހެދުމުން އެ ހިސާބުން އިތާތައް މަދުވެ އަނެއްކާ އެ ސަރަހައްދު ރައްކާތެރިވުން އެކަށީގެންވާ ކަމަށް ފާހަގަ ކުރައްވާފައި އެވެ

މުސްތޮފާ އިތުރަށް ފާހަގަ ކުރެއްވިގޮތުގައި އޭތި ނެގުމަށްޓަކާއި އިތާ ކުޑަކޮށް ތަޅުވާލުމަށް އޭތި ދަމައިގަމުތުން އޭތި ނެގޭނެ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް