ފުރިތާ މާ ގިނައިރުތަކެއް ނުވަނީސް މިއަދު ހެނދުނު ގުޅުން ކެނޑި ހޯދަމުން އަންނަނީ އިންޑޮނީޝިއާ އެއާގެ އޭޓީއާރް 42-500 މަރުކާގެ ބޯޓެކެވެ. އެ ބޯޓް ގެއްލުނު އިރު އޭގައި 11 މީހުން ތިއްބެވެ. އެއީ 8 ކްރޫ މެންބަރުންނާއި ތިން ޕެސެންޖަރުންނެވެ.
އިންޑޮނީޝިއާގެ ނިއުސް އެޖެންސީން ބުނީ ބުނި ގޮތުގައި، އެ ބޯޓާ ގުޅުން ކެނޑުމުގެ ކުރިން އިންޑޮނީޝިއާ ގަޑިން ރޭ ފަތިހު 4:23 ގައި، މަކަސާގެ ސުލްތާން ހަސަނުއްދީން އެއާޕޯޓަށް އެ ބޯޓު ޖައްސަން ތައްޔާރުވަމުން ދަނިކޮށް، އެ ބޯޓު އޮތީ އޮންނަން ޖެހޭ ރޫޓުން ބޭރުގައި ކަމަށް އެއާ ޓްރެފިކް ކޮންޓްރޯލް އަށް ފާހަގަކުރެވުނެވެ.
އަސްލު ރޫޓަށް ދާން އޭޓީސީން އިރުޝާދު ދިންތާ މާ ގިނައިރުތަކެއް ނުވެ އެ ބޯޓާ ގުޅުން ކެނޑުނު ކަމަށް އެ އެޖެންސީން ބުންޏެވެ.
އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީއިން މިހާރު ވަނީ ބޯޓު ގެއްލުނު ކަމަށް ބެލެވޭ ސަރަހައްދުގައި އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށް، ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
އެ ގައުމުގެ އިދާރާތަކުން ބުނާގޮތުގައި ބޯޓު ގެއްލުނުއިރު މޫސުން ވެސް އޮތީ ރަނގަޅަށެވެ.