ads
ޓޫ އޮފް އަސް ބޭންޑްގެ ބައިވެރިން ބެޓްލް އޮފް ބޭންޑްސްގެ ޖަޖާއެކު
ފައިސާގެ މައްސަލަތަކެއް ހާމަކޮށް، ޝަހީދު ލެގަސީ "ޓޫ އޮފް އަސް" އިން ވަކިވެއްޖެ
ފައިސާގެ ކަންކަން އޮޅުވާލާ ކަމުގެ ތުހުމަތުކޮށް، މަޝްހޫރު ދިވެހި ބޭންޑް "ޓޫ އޮފް އަސް" ގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެ ބޭންޑުން މިއަދު ވަކިވެއްޖެ އެވެ.
Advertisement

ބޭންޑުން ވަކިވުމަށްފަހު އިނގިރޭސި ބަހުން ޝަހީދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އުނދަގޫ ނިންމުން ނިންމަން ޖެހުނީ ބޭންޑުގެ މާލީ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދިއުމާއި، އެއްބަސްވެފައިވާ ގޮތަށް އުޖޫރަ ނުދިނުމުގެ ސަބަބުން ކަމަށެވެ.

"ވަރަށް އުންމީދީ އަދި ހެޔޮ ނިޔަތަކާ އެކު ފެށި މި ދަތުރު، ބަދަލުވެގެން ދިޔައީ ނުތަނަވަސްކަމާއި ނޭދެވޭ ކަންތައްތަކުން ފުރިގެންވާ ހިތްދަތި ތަޖުރިބާއަކަށް،" ޝަހީދު ބުންޏެވެ.

ޝަހީދު ސިފަކުރި ގޮތުގައި ބޭންޑުގެ ހިންގުން ވަނީ އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ބަދަލުގައި، އެކަކު ބޭނުންވާ ގޮތަށް ހިންގާ "ވަން މޭން ޝޯ" އަކަށް ބަދަލުވެފަ އެވެ. އަދި މިއުޒިކީ ދާއިރާގައި އޭނާ ހޭދަކުރި 25 އަހަރުގެ ތަޖުރިބާއަށް އެއްވެސް ގަދަރެއް ނުވަތަ އިހުތިރާމެއް ނުބެހެއްޓުމަކީ އެންމެ ބޮޑަށް މާޔޫސްވި ކަންތައް ކަމަށް އޭނާ ފާހަގަކުރި އެވެ.

މި ހުރިހާ ދަތިތަކަކާ އެކުވެސް، "ޓޫ އޮފް އަސް" އާއެކު އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގައި ބައިވެރިވެ، ރާއްޖެއަށް ރީތި ނަން ހޯދައިދެވުނުކަން ޝަހީދު ވަނީ ފަހުރުވެރިކަމާއެކު ފާހަގަކޮށްފަ އެވެ.

ޝަހީދުގެ އިތުރުން، އެ ބޭންޑުގެ ލީޑް ވޯކަލިސްޓް ނަސޫހު ވެސް ވަނީ މިދިޔަ އަހަރު މެދުތެރޭގައި ބޭންޑުން ވަކިވެފަ އެވެ. އޭރުވެސް އަޑުފެތުރުނު ގޮތުގައި ނަސޫހު ވަކިވީ ބޭންޑުގެ މެމްބަރުންގެ މެދުގައި އޮންނަ އިހުތިރާމް ކުޑަވުމާ ގުޅޭ މައްސަލަތަކެއްގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް