މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މެކްސިކޯ ސަރުކާރާ ގުޅިގެން ކުރި މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް އޮފިޝަލުން ބުނެ އެވެ. ކަސްޓީލޯ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މެކްސިކޯގެ ޕަޗޫކާ އިންނެވެ.
ކަސްޓީލޯ ހޯދަމުން ދިޔައީ 2016 ވަނަ އަހަރު އެމެރިކާގެ ނޯތު ކެރޮލައިނާގައި، އޭނާގެ އެކީގައި މަސައްކަތްކުރި އަދި ކުރީގެ ލޯބިވެރިޔާ "ސޭންޑީ" ގެ ބޮލަށް ބަޑިޖަހައި މަރާލި ކަމުގެ ތުހުމަތުގަ އެވެ. އޭނާ މި ލިސްޓުގައި ހިމަނާފައިވަނީ 2017 ވަނަ އަހަރު އެވެ.
އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް ވިދާޅުވި ގޮތުގައި މިއީ ފަހަކަށް އައިސް "މޯސްޓް ވޯންޓެޑް" ލިސްޓުން ހައްޔަރުކުރެވުނު 5 ވަނަ މީހާ އެވެ. އަދި މިއީ ކުށްވެރިން ހޯދުމަށާއި އެމީހުން އަނބުރާ ޤައުމަށް ގެނައުމަށް (އެކްސްޓްރެޑިޝަން) މެކްސިކޯއަށް ބާރުއަޅައިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިހާރު ކަސްޓީލޯ ހުރީ މެކްސިކޯ ސިޓީގައި ބަންދުކޮށްފަ އެވެ. އަދި އޭނާ އެމެރިކާއަށް ގެނައުމުގެ ޤާނޫނީ އިޖުރާއަތްތައް މިހާރު ވަނީ ފަށާފަ އެވެ.