ads
ހުމާއި ޑެންގީ އިތުރުވާތީ ސަމާލުވާން އަޖީއެމްއެޗުން އެދެފި
މި ދުވަސްވަރު ހުމާއި ޑެންގީ އިތުރުވާތީ ސަމާލުވާން އަޖީއެމްއެޗުން އެދެފިއެވެ.
Advertisement

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލަށް ދައްކަންދާ ބަލިމީހުންގެ ތެރެއިން އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން އަދި ޑެންގީ ހުން އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން ރައްކާތެކަމުގެ ފިޔަވަޅު އަޅަން ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. 

އަޅަންވީ ފިޔަވަޅުތައް 

  • ރޯގާގެ އަލާމަތް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް އަދި ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުން. 
  • އުމުރުން ދުވަސްވީ މީހުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން، ކުޑަކުދިން، މާބަނޑު މީހުން އަދި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުން 
  • ސާފުތާހިރުކަމަށް އިސްކަންދިނުމާއި ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުން ނުވަތަ ހޭންޑްް ސެނިޓައިޒަރެއް ބޭނުންކުރުން 
  • މަދިރި އާލާވާފަދަ ފެންހަރުލާތަންތަން ނަތްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އެޅުން 
  • ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތްނުކުރުން  

ހުމާއި އަރުދަފުސް ރޯގާ ހުންނަ ހުރިހާ ފަރާތްތަކަށް ހާއްސަކޮށް ފުލޫ ކްލިނިކެއް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ވަނީ ގާއިމުކޮށްފައެވެ.

އައިޖީއެމްއެޗް އިން ބުނީ އަލަށް ގާއިމުކުރި ފްލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބޭނެ ކަމަށެވެ.

ފްލޫ ކްލިނިކަށްދާ ހުރިހާ އެންމެން ފުރަތަމަ އީއާރް ޓްރައިޖަށް ދިޔުމަށް އައިޖީއެމްއެޗް އިން އެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް