ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އަމަލީ މަސައްކަތް ފަށަން ސޮއިކުރިކަން ހާމަކުރައްވައިފަ އެވެ.
އަދި މިއީ މުހިންމު އަމާޒެއް ހާސިލްވި ކަމެއް ކަމަށާއިި ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާގެ އެހީގައި ވިލިމާލޭގައި 12،890 އަކަފޫޓުގެ ސަރަހައްދެއްގައި އަޅަނީ 112 އެނދުގެ ހޮސްޕިޓަލެކެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުންޏެވެ.
އެ ހޮސްޕިޓަލްގެ މަސައްކަތް ދެ އަހަރުން ނިންމާލެވޭނެ ކަމަށް މިނިސްޓަރު މުއްތޮލިބު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.