4 މީހުންނާއި އެކު ދަތުރުކުރަނިކޮށް އިއްޔެ ހެނދުނު ބަންޑުން ޖަހާލި މި ބޯޓުން ދެ މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް އޭގެތެރެއިން އެކަކު ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ. އެއީ ބ. ހިތާދޫ، މުނިޔާގެ އުމުރުން 60 އަހަރުގެ އަލީ ހުސައިން އެވެ.
ދެން ގެއްލުނު ބިދޭސީމީހާ އަދިވެސް ނުފެނެ އެވެ.
އެމްއެންޑީއެފުން ބުނީ ތާޖު އެގްޒޯޓިކާ ކައިރިއަށް ބަންޑުން ޖަހާލި ބަލްމާ 6 ކުން ގެއްލުނު މީހާ ހޯދުމަށް ކަނޑާއި ވައިގެމަގުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.