ads
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ބަހައްޓާނީ 7 ވޯޓްފޮށި: އީސީ
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ވޯޓލާން ބަހައްޓާނީ 7 ވޯޓްފޮށިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

އެ ކޮމިޝަނުން މިއަދު ވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ބަހައްޓާ ވޯޓުފޮށިތަކުގެ ތަފްސީލު އާއްމުކޮށްފައެވެ. އީސީން ބުނީ ބައި- އިލެކްޝަންގައި އައްޑޫ ސިޓީގައި ފަސް ފޮށި ބަހައްޓާއިރު މާލޭ ސިޓީގައި އުޅޭ އައްޑޫ ރައްޔިތުންނަށް ދެ ފޮށި ބަހައްޓާނެކަމަށެވެ. 

ބައި-އިލެކްޝަންގައި ވޯޓް ފޮށި ބަހައްޓާތަން ތަން 

  • އައްޑޫ، ހިތަދޫ-1 / އައްޑޫ ސިޓީ، ހިތަދޫ ސްކޫލް ހޯލުގެ ދެކުނު 
  • އައްޑޫ، ހިތަދޫ-2 / އައްޑޫ ސިޓީ، ހިތަދޫ ސްކޫލް ހޯލު މެދު 
  • އައްޑޫ، ހިތަދޫ-3 / އައްޑޫ ސިޓީ، ހިތަދޫ ސްކޫލް ހޯލު އުތުރު 
  • އައްޑޫ، ހިތަދޫ-4 / އައްޑޫ ސިޓީ، ހިތަދޫ ސްކޫލްގެ ކްލާސްރޫމް 1 
  • އައްޑޫ، ހިތަދޫ-5 / އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ކްލާސްރޫމް 2 
  • އައްޑޫ ސިޓީ، މާލެ-1 / މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ އިރުމަތި 
  • އައްޑޫ ސިޓީ، މާލެ-2 / މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ ހުޅަނގު

މި އިންތިހާބުގައި ހުޅުމާލޭ ވޯޓް ފޮށްޓެއް ނުބަހައްޓާތީ އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ  ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;