ads
ބ. ކަމަދޫގައި ހުޅުވީ ވޯޓާ ޕާކާއި ބީޗް ސަރަހައްދު
ބ.ކަމަދޫގައި ހެދި ވޯޓާ ޕާކާއި ބީޗް ހުޅުވާ ރަށަށް އުފާވެރިކަން
ބ.ކަމަދޫގައި ހެދި ވޯޓާ ޕާކާއި ބީޗް އާއްމުކޮށް ހުޅުވާލައިފިއެވެ.
Advertisement

 "ކާނި ބީޗު"ގެ ނަމުގައި ހުޅުވި މި ބީޗުގައި ގިނަ ހިދުމަތްތަކެއް ވަނީ ގާއިމުކޮށްފައެވެ. 

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު 'ސީއެންއެމް' އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރަށުގައި ހެދުނު ވޯޓާ ޕާކާއި ބީޗަކީ މިދިޔަ ފަސްއަހަރު ދުވަހު ރަށުިގެ ތަރައްގީއަށް ކައުންސިލުން ކުރި މަސައްކަތުގެ މުހިއްމު ބައެއްކަމަށެވެ. އެގޮތުން ބީޗާއި ވޯޓާ ޕާކް ހަދާފައިވަނީ ކައުންސިލްގެ ބަޖެޓުންނާއި އެކި ފަރާތްތަކުގެ އެހީއާއި އެކުކަން ޒަރީރު ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލްގެ ބަޖެޓުން ހަތަރުލައްކައާއި ބައިމިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުކުރިކަންވެސް ޒަރީރު ފާހަގަކުރެއްވިއެވެ. 

your imageކަމަދޫގައި އަލަށް ހުޅުވި ބީޗާއި ވޯޓާ ޕާކް. ފޮޓޯ: ކަމަދޫ ކައުންސިލް

ހުރިހާ އުމުރުފުރައަކަށް ވެސް ފެތޭ ގޮތަށް ގިނަ ހިދުމަތްތރަކާއި އެކު ހުޅުވާލި ބީޗުގައި ވޯޓް ޕާކްގެ އިތުރުން ބާބަކިއު ހެދޭނެ އިންތިޒާމުތައްވެސް ހަމަޖެހިފައި ހުންނާނެކަމަށް ޒަރީރް ވިދާޅުވިއެވެ. އަދި ބީޗްގައި މަޑުކޮށްލާ އެކު ހަރަކާތްތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ގޮނޑިއާއި، މޭޒާއި، ޖޯއްޔާއި، އުނދޯލީގެ އިތުރުން ހަޓުތައްވެސް ހުންނާނެކަމަށް ޒަރީރު ވިދާޅުވިއެވެ.  

your imageކަމަދޫގައި އަލަށް ހުޅުވި ބީޗާއި ވޯޓާ ޕާކް. ފޮޓޯ: ކަމަދޫ ކައުންސިލް

ޒަރީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ކަމަދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިތަން އާއްމުކޮށް ހަމަ ހުޅުވާލާފައިވާކަމަށެވެ. 

your imageކަމަދޫގައި އަލަށް ހުޅުވި ބީޗާއި ވޯޓާ ޕާކް. ފޮޓޯ: ކަމަދޫ ކައުންސިލް

564  މީހުންގެ އާބާދީއެއް އޮންނަ ބ. ކަމަދޫއަކީ ބޮޑު އީދުގެ ބަންދަށް ގިނަ ދިވެހިން މިހާތރު ދަތުރުކުރަމުން އަންނަ ރަށެކެވެ. އަދި ގިނަ އަދަދެއްގެ ފަތުރުވެރިންވެސް އެރަށަށް އަންނަނީ ޒިޔާރަތްކުރަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައިވެސް 300 އެއްހާ ފަތުރުވެރިން އެ ރަށަށް ޒިޔާރަތްކުރި ކަމަށް ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވިއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް