އޭނާ އަވަހާރަ އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނެވެ.
ހާލިދު އަވަހާރަވިއިރު އުމުރަކީ 65 އަހަރެވެ. އޭނާގެ މައްޗަށް މެންދުރު ނަމާދަށް ފަހުގައި އާސަހަރާ މިސްކިތުގައި ވަނީ ޖަނާޒާ ބާއްވާފަ އެވެ.
ސްކައުޓް ހަރަކާތުގެ ތެރޭގައި ދިގު މުއްދަތެއް ގައި ހިދުމަތް ކުރެއްވި ހާލިދަކީ އެ އެސޯސިއޭޝަންގެ ޕާމަނަންޓް މެންބަރެއްވެސް މެއެވެ. ތައުލީމީ ދާއިރާގައިވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ހާލިދު ވަނީ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލްކަންވެސް ކުރައްވާފަ އެވެ. އަދި އޭނާ ވަނީ ތައުލީމީ ދާއިރާގައި ވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ.