އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ، އެ ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާންކުރުމުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު، އެ ފަރާތްތަކުގެ ގާބިލުކަމާއި ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް، މަގާމަށް އައްޔަނުކުރުމަށް އެންމެ ރަނގަޅު ފަރާތަކީ އޭނާ ކަމަށް ޒަކާތު ކައުންސިލުން ނިންމާފައިވާތީ ކަމަށް ޒަކާތް ހައުސިން ބުނެ އެވެ.
ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން، ޖަނަވަރީ 14 2026އާ ހަމައަށް އޭނާ ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.
މީގެ އިތުރުން އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމާއި، ހެޑް އޮފް އިންޓާނޭޝަނަލް ރިލޭޝަންސް ފަދަ އިސް މަގާމުތަކާއި ލަފާއަރުވާ ރޯލުތައް ޝައިހް އިމްތިތާއު ވަނީ އަދާކުރައްވާފަ އެވެ.
ހަމަ އެހެންމެ ޒަކާތު ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، ޒަކާތު ހައުސްގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގެ ވައިސް ޗެއާގެ މަގާމު ވެސް އައްޝައިހް އިމްތިތާއު ވަނީ އަދާކުރައްވައިފައެވެ.
އޭނާ އަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން ޖުޑީޝަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އަދި މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ހަދީތް ސައިންސަސް އެންޑް އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާއިރު، މިހާރު ގެންދަވަނީ އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާވިދާޅުވަމުންނެވެ.