ads
ލަންކާގޮޓް ޓެލެންޓުގައި މިސްކުގެ ހުށަހެޅުން
ދިވެހި ދެ ކުއްޖަކު ލަންކާ މީހުން އާޝޯހުކޮށްލައިފި
ސްރީލަންކާގައި ކުރިއަށްދާ ބައިނަލްއަގުވާމީ ފްރެންޗައިޒް ޝޯ "ސްރީލަންކާސް ގޮޓް ޓެލެންޓް" ގައި ރާއްޖެއަށް ނިސްބަތްވާ ދެ ކުއްޖަކު ބައިވެރިވެ، އެ ކުދިންގެ ހުނަރު ދައްކާލައިފިއެވެ.
Advertisement

މީގެ ތެރެއިން އެއް ކުއްޖަކު ވަނީ ފަނޑިޔާރުންގެ ވޯޓާއެކު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

މި މުބާރާތުގެ ދެވަނަ ބުރަށް ހޮވިފައިވަނީ ލަންކާގައި ދިރިއުޅެމުން އަންނަ އުމުރުން 17 އަހަރުގެ މަރިޔަމް މިސްކްއެވެ. އޮޑިޝަންގައި އޭނާ ހުށަހަޅައިދިނީ ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ސުނީދީ ޗައުހާންގެ މަޝްހޫރު ލަވައެއް ކަމަށްވާ "ކައިސީ ޕަހޭލީ ޒިންދަގާނީ" އެވެ. މިސްކްގެ ހުށަހެޅުމަށް ފަނޑިޔާރުންގެ ފަރާތުން ރަނގަޅުކުރަންވީ ކަންކަން ބުނެދިން ނަމަވެސް، އޭނާ އަނެއް ބުރަށް ދަތުރުކުރީ ހަތަރު ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ވޯޓާ އެކުގައެވެ.


މިސްކްގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އޭނާއަކީ އަބަދުވެސް މަދަހަ އާއި ޅެން ކިޔުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އަދި ލަންކާގެ ސޯސަން ވިލާގައި ބާއްވާ މަދަހަ މުބާރާތްތަކުން އޭނާ ވަނީ އެކި ވަނަތައް ހާސިލްކޮށްފައެވެ. ނަމަވެސް މިއީ އޭނާ ލަވަ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރު ކަމަށާއި، މީގެ ކުރިން ސްޓޭޖެއްގައި ލަވަ ކިޔާފައިވަނީ ސޯސަން ވިލާގެ ހަފުލާއެއްގައި އެކަނި ކަމަށް އާއިލާއިން ބުނެފައިވެއެވެ.

މިސްކްގެ އިތުރުން މި މުބާރާތުގައި ދިވެހި އެހެން ކުއްޖަކު ވެސް ވަނީ ބައިވެރިވެ ލަވަ ހުށަހަޅައިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ސޯސަން ވިލާގައި ޒުވާނުންގެ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ބައިވެރިން ފާހަގަކުރެއެވެ.

ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނައިރު، އެ ގައުމުގައި ލިބެން ހުންނަ މިފަދަ ބޮޑެތި ފުރުސަތުތަކުގެ ބޭނުން ދިވެހި ޒުވާނުން ހިފަމުން އަންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް