ads
ޑެލީ ދަރިފުޅާއެކު
ބައްޕައާ ހަވާލުކުރަން ޖެހިދާނެތީ، 11 މަހުގެ ތުއްތު ދަރިފުޅު މަރާލި މަންމަ ހައްޔަރުކޮށްފި
އެމެރިކާގައި ކޯޓު އަމުރަކާ ހިލާފަށް ދަރިފުޅު ގޮވައިގެން ފިލައިގެން އުޅުނު މަންމައަކު، ފުލުހުންނަށް އަތުވެދާނެ ކަމުގެ ބިރަށް އަމިއްލަ ދަރިފުޅުގެ ބޮލަށް ބަޑިޖަހައި މަރާލައިފިއެވެ.
Advertisement

މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އުމުރުން އެންމެ 11 މަހުގެ ފިރިހެން ކުއްޖެކެވެ.

މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ނިއު މެކްސިކޯގައެވެ. ދަރިފުޅުގެ މަންމަ، ޑެލީ އެ ކުއްޖާ ގޮވައިގެން ފިލައިގެން އުޅޭތާ ފަސް ހަފުތާ ވެފައިވަނިކޮށް ފުލުހުންނަށް އެ މީހުން ފެނުނީ އެ ސަރަހައްދުގެ "އާރްވީ ޕާކެއް" ގައި ތިއްބައެވެ. ފުލުހުން އެތަނަށް ދިއުމުން، ޑެލީ ވަނީ ކުއްޖާ ގޮވައިގެން އާރްވީއެއްގެ ތެރެއަށް ވަދެ ފިލާފައެވެ.

ފުލުހުން އޭނާއާ ވާހަކަދައްކައިގެން ނެރެން މަސައްކަތް ކުރަމުން ދަނިކޮށް، އެތެރެއިން ބަޑިޖަހާ އަޑު އިވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. އަޑު އިވުމާއެކު ފުލުހުން ގަދަކަމުން އެތަނަށް ވަތްއިރު، ތުއްތު ދަރިފުޅުގެ ބޮލަށް ބަޑިޖަހައި ވަނީ މަރާލާފައެވެ. އެވަގުތު ޑެލީ ހުރީ އަމިއްލަ ބޮލަށް ބަޑި ދިއްކޮށްގެން ކަމަށާއި، ނަމަވެސް ފުލުހުން ވަނީ ހުޝިޔާރުކަމާއެކު އޭނާގެ އަތުން ބަޑި އަތުލައި ހައްޔަރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގުގައި ޑެލީ ބުނެފައިވަނީ، އޭނާ ހައްޔަރުކޮށްފިނަމަ ދަރިފުޅު ބައްޕައާ ހަވާލުކުރާނެކަން އެނގޭ ކަމަށެވެ. އެހެންކަމުން ދަރިފުޅު މަރާލީ ބައްޕަގެ ކިބައިން ދަރިފުޅު "ރައްކާތެރިކޮށް" ސަލާމަތް ކުރުމަށް ކަމަށް އޭނާ ބުނެފައިވާ ކަމަށް ކޯޓު ލިޔެކިޔުންތަކުގައިވެއެވެ.

މި މައްސަލައިގައި ޑެލީގެ މައްޗަށް މިހާރު ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ދައުވާ އުފުލާފައެވެ. އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް