ads
ޓްރަމްޕު އާންކުރެއްވި، ގްރީން ލޭންޑުގައި އެމެރިކާގެ ދިދަ ޖަހާ ފޮޓޯ
ގްރީންލެންޑްގައި އެމެރިކާ ދިދަ ޖަހާ ތަން ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް އާންމުކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގްރީންލެންޑްގައި އެމެރިކާގެ ދިދަ ޖަހާ ތަން ފެންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކުރައްވައިފިއެވެ.
Advertisement

މިއީ ޑެންމާކްގެ ބާރުގެ ދަށުގައި އޮންނަ ގްރީންލެންޑް އެމެރިކާގެ މިލްކިއްޔާތަކަށް ހެދުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އާންމުކުރެއްވި ފޮޓޯއެކެވެ.

ޓްރޫތު ސޯޝަލްގައި ޓްރަމްޕް ހިއްސާކުރެއްވި މި ފޮޓޯއިން ފެންނަނީ، އޭނާއާއި ނައިބު ރައީސް ޖޭޑީ ވެންސްގެ އިތުރުން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ގްރީންލެންޑްގައި އެމެރިކާ ދިދަ ޖަހާ މަންޒަރެވެ. އަދި އެ ފޮޓޯގައި ފެންނަ ބޯޑެއްގައި، 2026 ވަނަ އަހަރު ގްރީންލެންޑް އެމެރިކާގެ ޓެރިޓަރީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ލިޔެފައިވެއެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި ގްރީންލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ޖެހެނީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. "ހާއްސަކޮށް ރަޝިޔާ ނުވަތަ ޗައިނާގެ ބާރުގެ ދަށަށް އެ ސަރަހައްދު ދިޔަ ނުދިނުމަށްޓަކައި އެމެރިކާއިން އެތަން ނަގަން ޖެހޭ ކަމަށް،" އޭނާ ވަކާލާތު ކުރައްވައެވެ. އަދި ޑެންމާކަށް އެ ސަރަހައްދު ހިމާޔަތް ނުކުރެވޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ޔޫރަޕްގެ ގައުމުތަކާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާއިރު، ޓްރަމްޕް ވަނީ ވަރުގަދަ އިންޒާރުތަކެއް ވެސް ދެއްވާފައެވެ. އެގޮތުން ގްރީންލެންޑް އެމެރިކާއަށް ދިނުމަށް އެއްބަސްނުވެއްޖެ ނަމަ، އިނގިރޭސިވިލާތާއި ޑެންމާކް އަދި ޔޫރަޕްގެ އެހެން ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 10 ޕަސަންޓާއި 25 ޕަސަންޓާ ދެމެދުގެ އަދަދަކަށް ޓެކްސް ނަގާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

your imageޓްރަމްޕު އާންމުކުރެއްވި ދެ ވަނަ އޭއައި ފޮޓޯ

މީގެ އިތުރުން ޓްރަމްޕް ވަނީ ޔޫރަޕްގެ ލީޑަރުންނާ އެކު އޯވަލް އޮފީހުގައި ތިއްބަވާ ތަން ފެންނަ އެހެން އޭއައި ފޮޓޯއެއް ވެސް ހިއްސާކުރައްވާފައެވެ. އެ ފޮޓޯގައި ފެންނަ ޗާޓެއްގައި ގްރީންލެންޑާއި ކެނެޑާގެ އިތުރުން ވެެނެޒުއެލާގައި ވެސް ވަނީ އެމެރިކާގެ ދިދަ ކުރަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް