ads
ގުދުސްގައި ހުންނަ އުންރުވާގެ އިމާރާތްތައް ސުންނާފަތިކުރުމުގައި އިޒްރޭލު ސިފައިން ހަރަކާތް ތެރިވަނީ
ގުދުސްގައި ހުންނަ އުންރުވާގެ އިމާރާތްތައް ސުންނާފަތިކޮށްލުން ރާއްޖެއިން ކުށްވެރިކޮށްފި
އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގެ ޝެއިޚް ޖައްރާގައި ހުންނަ، ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އެޖެންސީ (އަންރުވާ)ގެ އިމާރާތްތަކެއް ސުންނާފަތިކޮށްލި ކޮށްލުން، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.
Advertisement

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާހް ސަރަހައްދުގައި ހުންނަ އުންރުވާގެ އިމާރާތްތަކަށް އަމާޒުކޮށް ސަހުޔޫނީން ދިން މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.

އަދި މީގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ނިކަމެތި އިންސާނީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ. މީގެ އިތުރުން، މިއީ ބައިނަލްއަގުވާމީ އަދުލުގެ ކޯޓު (އައިސީޖޭ)އިން ނެރެފައިވާ އަމުރުތަކާވެސް ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ބުންޏެވެ.

އަންރުވާއިން ފަލަސްތީނަށް ތާއީދުކުރާ ކަމަށް ބުނެ ސަހުޔޫނީން ވަނީ މީގެ ކުރިން ފާޑުކިޔާފައެވެ. އަދި އަންރުވާގެ އިމާރާތްތައް ތަޅާލުމަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޮށްފައިވާ ކަމެއް ކަމަށް ސަހުޔޫނީން ވަނީ ބުނެފަ އެވެ. 

އުންރުވާ އުވާލުމަށް މީގެ ކުރިން ވެސް ސަހުޔޫނީން މަސައްކަތްކޮށްފައިވާއިރު އުންރުވާއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ހެދުމަށް އެމެރިކާ ސަކާރުން ވެސް މަސައްކަތް ކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް