ads
ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅުވައިގެން ދެވޭ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.
Advertisement

މި އިނާމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ކުރިން ދީފައި އޮތް ސުންގަޑިއަކީ އާއްމުކޮށްފައިވާ އިއުލާނު ނަންބަރު: (IUL452/452/2026/2) ގައިވާ ގޮތުން މި ޖަނަވަރީ މަހުގެ 16 އެވެ. 

ނަމަވެސް މިހާރު މި މުއްދަތު ވަނީ 13 ފެބުރުއަރީ 2026 އަށް އިތުރުކޮށްފަ އެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ، ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އެވޯޑެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުންޏެވެ. 

މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިއާރަކީ "އަންމާސްކިން ދަ އެޕީކް-ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން" އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް