ads
އެސްޓީއޯގެ ޕްރޮމޯޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތު - އެސްޓީއޯ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ވަރަށް ހާއްސަ ރޯދަ ސޭލެއް ފަށައިފި އެވެ.
Advertisement

މި ޕްރޮމޯޝަންތްކުގެ މަގްސަދަކީ ރޯދަމަހަށް ގޭތެރެ ކުލަލުމާއި ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުލައާއި ދަވާދު އަދި މި ނޫނަސް މަރާމާތު ކުރުމަށް ބޭނުން ކުރެވޭ ސާމާނު ފޯރުކޮށްދިނުމެވެ. އެގޮތުން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެންވެސް އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ވަރަށް ހާއްސަ ރޯދަ ސޭލެއް ފަށައިފި އެވެ. .  

މި އަހަރުގެ ރޯދަ ސޭލް ކުރިއަށް ދަނީ ވެލިގާ ހާޑްވެއާ އާއި ގުޅިގެންނެވެ. މި ޕްރޮމޯޝަން ރަސްމީކޮށް ފެށުނީ، 21 ޖެނުއަރީ 2026 ވަނަ ދުވަހުގެރޭ ހުޅުމާލޭގެ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލުއިޝަންސް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގަ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހާޑްވެއާ ގުޅިގެން ކަމަށްވާތީ އެތަނުން ވިއްކާ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްތަކުން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.

ރޯދަ ސޭލްގައި ކުރާ ވިޔަފާރިތަކުން ކޮންމެ 500ރ. އަށް ކޫޕަނެއް ދޫކުރާނެ އެވެ. އަދި ތިން ނަސީބުވެރިިން ހޮވާނެ އެވެ. އެގޮތުން އެއް ވަނަ އަށް 50،000ރ ގެ ވައުޗާއެއް ދެވަނަ އަށް 20،000ރ، ގެ ވައުޗާއެއް އަދި ތިން ވަނަ ސްޓޯން ހޮޓެލްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނެ އައުޓްލެޓްތައް

  • އެސްޓީއޯ ކޮންސްޓްރަކްޝަންސް އަމީނީ މަގު ފިހާރަ
  • މާލެ މަކިޓާ ޝޯރޫމް
  • ހުޅުމާޅެ ކޮންސަޓްރަކްޝަންސް ޝޯރޫމް
  • މާލެ އަދި ހުޅުމާލޭގެ ވެލިގާ ހާޑްވެއާ އައުޓްލެޓްތައް

އެސްޓީއޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ ރީޖަނަލްސް އައުޓްލެޓްތަކުން ވިއްކާ ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުންވެސް މި ޑިސްކައުންޓްތައް ލިބި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މާޗް 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް