ads
މަޖީދީމަގުގައި ހުންނަ ސުލްތާން އާދިލް މިސްކިތް. މި މިސްކިތުގައި މި ފަހަރު ތަރާވީސް ކުރާނީ ދިގުކޮށް
މަގު ބްލޮކްވާތީ ދެބުރި މިސްކިތުގައި މިފަހަރު ތަރާވީސްކުރާނީ ދިގުކޮށް: މިނިސްޓްރީ
އާއްމުކޮށް ކުރުކޮށް ތަރާވީސް ނަމާދުކުރަމުން އަންނަ ސުލްތާން އާދިލް މިސްކިތް (ދެބުރި މިސްކިތުގައި) މިފަހަރު ތަރާވީސް ނަމާދުކުރާނީ ދިގުކޮށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ އާއްމުކޮށް ކުރުކޮށް ކިޔަވައި ތަރާވީސްކުރާ، މިސްކިތެއްކަމުގައިވާ މަޖީދީ މަގުގައި ހުންނަ ސުލްތާން އާދިލް މިސްކިތް ( ގަލޮޅު ދަނޑު ކުރިމަތި) މިފަހަރު އެތާގައި ކުރާނީ ދިގުކޮށް ހިފްޒުކޮށްކަމަށެވެ. އޭގެ ބަދަލުގައި މަޖީދީމަގުގައި ހުންނަ ބަރުބަރީ މިސްކިތުގައި ތަރާވީސް ކުރާނީ ކުރުކޮށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ އާދިލް މިސްކިތުގައި ކުރުކޮށް ކުރާތީވެ، ޖަމާއަތް ބޮޑުވެގެން ގޮސް މަޖީދީ މަގު ބްލޮކްވެ ރައްޔިތުންނާއި ދުއްވާތަކެއްޗަށް ދަތިތައް ދިމާވާތީވެ އެކަމަށް ހައްލެއް ހޯދުމަށްކަމަށެވެ.

your imageބަޔަކު މީހުން މަޖީދީމަގުގައި ތަރާވީސް ނަމާދުކުރަނީ؛ ފޮޓޯ: މިހާރު

އިސްލާމިކް މިނިސްޓްރީން ބުނީ ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް މި ރޯދަ މަހު އިތުރުކޮށްފައިވާނެކަމަށެވެ. އަދި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުޞަތު ފަހިކޮށްފައިވާނެކަމަށާއި އެއީ އެފަދަ ޖަމާއްތްތަކަށް ގިނަ މީހުން އެއްވާތީކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ރޯދަމަހު މާލެ ސަރަހައްދުގައި 47 ދިވެހި ހާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެކަމަށެވެ. މީގެ ތެރެއިން ގިނައީ ވަރަށް ޒުވާން، އަދި ރީތިކޮށް ކިޔަވާނެ ހާފިޒުންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފަހަރު ރޯދަ މަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ހަތީބުންނަށް ހުތުބާ ކިޔަން ފުރުސަތު ދޭނެކަމަށެވެ.

މީގެއިތުރުން އިސްލާމީ މަރުކާޒާއި ސަލްމާން ސެންޓަރުގައި އިމާމުވެ ތަރާވީސްކުރާނީ ދިވެހި ހާފިޒުންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް