ފުލުހުން ބުނީ މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު ބިދޭސީއަކު ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމުގައި އެވެ.
އެ އިދާރާއިން ބުނީ ޑީޕޯޓް ކޮށްލަން އިމިގްރޭޝަނާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި ހަތަރު ބިދޭސީން ކަމުގައި އެވެ.
އެ މީހުންނަކީ 21 އަހަރުގެ ސިޕޮން އަލީ، 32 އަހަރުގެ ޖުވެލް ރަނާ، 20 އަހަރުގެ އެމްޑީ ނަޒްރުލް އިސްލާމް އަދި 22 އަހަރުގެ އެމްޑީ އިބްރާހީމް ކަމަށް ފުލުހުން ބުނެ އެވެ.
އެ އިދާރާއިން އިތުރަށް ބުނެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކޮށް، މާފަންނު ގެއެއް ފާސްކުރިއިރު 54 ފުޅި ބަނގުރާ ފެނިފައިވެ އެވެ
އެކަމާ ގުޅިގެން އެ މީހުން ގެންގުޅުނު ސައިކަލެއް ވެސް ވަނީ ޓޯކޮށްފައެވެ.