ads
ލޭ ޕެކެޓްތަކެއް: ބްލަޑް ބޭންކަށް ލޭ ބޭނުންވެގެން ހަދިޔާކުރަން މިހާރު ވަނީ އެދިފަ
ބްލަޑް ބޭންކަށް ލޭ ލިބުން ދަތިވެ އާންމުންގެ އެހީއަށް އެދިއްޖެ
މި ދުވަސްވަރު ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ ވީހާ ވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކޮށްދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އިން އެދިއްޖެ އެވެ.
Advertisement

އެމްބީއެސް އިން ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާއަށް ލޭ ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ލޭ ދިނުމުގެ ފުރުސަތު އޮންނާނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.

ލޭ ދޭން އަންނަ މީހާއަކީ ބަރުދަނުގައި 45 ކިލޯއަށްވުރެ މަތީ މީހަކަަށް ވާން ޖެހޭއިރު، ލޭ ދޭން އައުމުގެ ކުރިން ހަ ގަޑިއިރުގެ ނިދި ހަމަކޮށް، އެއް ގަޑިއިރު ކުރިން ރަނގަޅަށް ކާންވެސް އިރުޝާދު ދީފައިވެ އެވެ.

އެމްބީއެސް އިން ބޭނުން ވަނީ އޭ+، އޯ+، ބީ+، އޭބީ+، ބީ-، އޯ- ލޭ ކަމަށް އެ ޕޯސްޓްގައި ވަނީ ބުނެފަ އެވެ.

ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ހަމައަށް ލޭ ހަދިޔާ ކުރެވޭނެ އެވެ. ލޭ ހަދިޔާކުރަން ދާއިރު މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކުރުމަށާއި އަދި ލޭ ހަދިޔާކުރަން ދިއުމުގެ އެއްގަޑިއިރު ކުރިން ކެއުމަށް ބްލަޑް ސާވިސްއިން އެދެ އެވެ. 

ލޭ ލިބުން ދަތިވެ ދޭތެރެދޭތެރެއިން އެމްބީއެސް އިން އާންމުންގެ އެހީއަށް އެދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް