ads
އީރާނުގެ މުޒާހަރާތައް ކޮންޓްރޯލުކުރަން ނުކުމެ ހުރި ފުލުހެއް
އިންޓަނެޓް ޝަޓްޑައުންގެ ސަބަބުން އީރާނަށް މާލީ ބޮޑު ގޮންޖެހުމެއް
އީރާނުގެ ސަރުކާރުން އެ ގައުމުގެ އިންޓަނެޓް ހިދުމަތް ކަނޑާލުމާ ގުޅިގެން ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.
Advertisement

މިކަމުގެ ސަބަބުން އެ ގައުމުގެ އޮންލައިން ވިޔަފާރިތައް ދުނިޔޭގެ އެހެން ގައުމުތަކާ އޮންނަ ގުޅުން ކެނޑި، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އިންޓަނެޓްގެ ހިދުމަތް މެދުކެަނޑާލުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަމުންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށެވެ. ހާއްސަކޮށް އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ހިންގާ ވިޔަފާރިތައް މުޅިން ހުއްޓުމަކަށް އައިސްފައިވާއިރު، އިންޓަނޭޝަނަލް ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ. މިއީ އެ ގައުމުގެ ޑިޖިޓަލް އިގްތިސާދަށް ލިބޭ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން އިންޓަނެޓް ކަނޑާލަނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނި ނަމަވެސް، މީގެ ސަބަބުން އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރު އިންތިހާއަށް ބޮޑެވެ. އިންޓަނެޓް ނެތުމުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން އެ ގައުމުގެ އިގްތިސާދަށް ވަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް