މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ރޭ ފެށިއިރު، މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، މަސް ކޭސްތައް ދޫކުރުމަށް މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ މަރުކަޒުތަކުން 4،196 ކޭސް ރޭ 8:30އިން 11 ޖަހަންދެން ދޫކުރި ކަމަށެވެ.
އެންމެ ގިނައިން މަސް ކޭސް ދޫކުރީ ގަޅޮލު ދަނޑުން ކަމަށާއި، އެއީ 783 ކޭސް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މަސްދަޅު ކޭސް ބަލާ ދާން ޖެހެނީ ފުލުހުން ތައާރަފްކުރި ޕޯޓަލެއް މެދުވެރިކޮށް ނަންބަރު ނަގައިގެން، މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ 15 މަރުކަޒަކުން ތަނަކަށެވެ. އެއީ:
ވެމްކޯސައިޓު
ރޯދަމަހަށް ހާއްސަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. މި އަހަރު 118673 މަސްދަޅު ކޭސް ރޯދަމަސް ފެށުމުގެ ކުރިންބަހައި ނިމޭނެކަމަށް ސަރުކާރު ވަނީ ބުނެފަ އެވެ.
މަސްދަޅުކޭސް ލިބުމުގައި މައްސަލައެއް ދިމާވެގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ވެއްޖެނަމަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖަކުން ހުށަހެޅުއްވޭނެ އެވެ. މިކަމަށް ހާއްސަކުރެވިފައިވާ ނަންބަރަކީ 7741446 އެވެ.
ރަށްރަށަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދާނެ ކަމަށާއި، ރަށްރަށުގައި ރޯދަ ހަދިޔާ ބަހާނީ ކައުންސިލުތަކުން ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
މިފްކޯއިން މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާ އަށެވެ. މިރޭޓުން ބަލާނަމަ ސަރުކާރުން ބަހާ ޖުމްލަ މަސްދަޅު ކޭހަށް 89.6 މިލިއަން ރުފިޔާ ޚަރަދުވާނެ އެވެ.