ads
މާލޭ ވިޔަފާރިބަނދަރުގެ މަގަތު ފާލަމަށް އާގުބޯޓެއް ކައިރިކޮށްފައި
ބޯޓުތަކަށް 24 ގަޑިއިރު ޕޯޓު ލިމިޓް އޭރިއާ ހުޅުވާލަން ނިންމައިފި
ރާއްޖެއިން ބޭރުން އަންނަ ކާގޯ ބޯޓްފަހަރު 24 ގަޑިއިރު ބަނދަރުތަކުގެ ޕޯޓް ލިމިޓް އޭރިއާ ވަދެވޭ ގޮތަށް 38 އަހަރުފަހުން ސަރުކާރުން ހަމަޖައްސައިފި އެވެ.
Advertisement

ނޮވެންބަރު 1988 އިން ފެށިގެން މިއަދާ ހަމައަށް އޮތީ، ރާއްޖެއަށް ދަންވަރު 12ގެ ފަހުން ވަންނަ ބައިނަލްއަގުވާމީ އާގުބޯޓުފަހަރު ހެނދުނު ހައެއް ޖަހަންދެން ބޭރުގައި މަޑުކުރަން ޖެހޭ ގޮތަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، ރާއްޖެ އަންނަ އާގުބޯޓުފަހަރު ގިނަވަމުން އަންނަ ކަމަށެވެ. އެހެންވެ، ގައުމުގެ އިގުތިސާދަށް ފައިދާވާނެހެން ކޮންމެ ވަގުތެއްގައިވެސް ބަނދަރަށް ވަދެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ. 

އެގޮތުން މާދަމާއިން ފެށިގެން 24 ގަޑިއިރަށް ބަނދަރުގެ ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް އުސޫލު ބަދަލު ކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ބަދަލާ ބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް މާދަމާއިން ފެށިގެން 24 ގަޑިއިރު ޕޯޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލަން ނިންމުމަކީ އިގުތިސާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.  

އެ  ނިންމުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނައި ހެޔޮ ބަދަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މާލޭ ވިޔަފާރި ބަނދަރުން އާގުބޯޓު ފަހަރަށް 24 ގަޑިއިރު ހިދުމަތް ނުދޭތީ ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ވިޔަފާވެރިންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ބައެއް ވިޔަފާރިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް