ads
ސަސްޓެއިނަބުލް ޓައުުންޝިޕް "އައިލާ މޯލްޑިވްސް"ގެ އަމަލީ މަސައްކަތް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ފަށްޓަވައިދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއުގެ ބިންގާ އަޅައިފި
މީހުން ދިރިއުޅޭ އަދި ޓޫރިޒަމްގެ ވަސީލަތްތަކާއި އިގުތިސާދީ އެހެން ބައެއް މަސައްކަތްތައް ވެސް ކުރާ ގޮތަށް "ސަސްޓެއިނަބުލް ޓައުންޝިޕް" އެެއް ތަރައްގީ ކުރަން ސަރުކާރުން ފުރަތަމަ ފަހަރަށް ހުއްދަ ދިން ކްރިސްޓަލް ހޯލްޑިންސް އިން ނ. އަތޮޅުގައި ގާއިމްކުރާ ޓައުންޝިޕްގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
Advertisement

މި މަޝްރޫއުގެ ބިންގާ އަޅުއްވާދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި މަޝްރޫއު ނިންމާލުމަށް އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ. 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާ އިންވެސްޓްކޮށްގެން ނ. އަތޮޅުގައި ތަރައްގީކުރާ ޓައުންޝިޕް ވާނީ ޒަމާނުގެ ވަސީލަތްތަކާއި ސިފަތަކާއެކު އިންޑިއާ ކަނޑުގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ތަފާތު މަޝްރޫއަކަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން ބުނެފައި ވަނީ މަޝްރޫއު ނިމުމުން މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭނެ ދެމެހެއްޓެނިވި ތަރައްގީގެ ނަމޫނާއަކަށް ވާނެ ކަމަށެވެ.

your imageސަސްޓެއިނަބުލް ޓައުުންޝިޕް "އައިލާ މޯލްޑިވްސް"ގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސް

"އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" ގައި ލަގްޒަރީ ފެންވަރުގެ މެހެމާންދާރީގެ ހިދުމަތްތަކާއި ރެސިޑެންޝަލް ބައިތައް ހިމެނޭނެ އެވެ. މީގެ އިތުރުން މުހިންމު އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާތައް ވެސް މި ޓައުންޝިޕްގައި ހިމެނެ އެވެ. އޭގެ ތެރޭގައި، ރާއްޖެ އަކީ މެޑިކަލް އަދި ވެލްނެސް ޓޫރިޒަމްގެ މައިގަނޑު މަންޒިލެއްގެ ގޮތުގައި ފާހަގަކުރާ، އެންމެ ޒަމާނީ މެޑިކަލް ފެސިލިޓީއަކާއި، ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ އަދި ލީޑަޝިޕް ސްކޫލެއް ހިމެނެ އެވެ. އަދި ކާނާގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އަމާޒުކޮށް ތަރައްގީކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ނިޒާމްތައް ހިންގާނެ ވަކި ރަށެއްވެސް ހިމެނެ އެވެ.

އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ތަރައްގީކުރާ އެންމެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިނކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އައިލާ މަޝްރޫޢަކީ ހަމައެކަނި ތަރައްގީގެ މަޝްރޫއެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ އިގުތިޞާދީ ކުރިއެރުމާއި ފަތުރުވެރިކަމާ މެދު އަލުން ވިސްނާލަން ލިބުނު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް މުޅިން އާ ބާބެއް ހުޅުވައިދޭނެ މަޝްރޫއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މަޝްރޫއަކީ ހަމައެކަނި ރިސޯޓް ތަރައްގީކުރުމުގެ މަޝްރޫއެއް ނޫންކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، މީގެ ސަބަބުން ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކުރާ ތަނެއްގެ ބަދަލުގައި، ދިގު މުއްދަތަށް ދިރިއުޅޭ އަދި އިންވެސްޓްކުރާ މަންޒިލަކަށް ބަދަލުވެގެންދާނެ ކަމަށެވެ. މި މަޝްރޫއުގައި ހިމެނޭ މުހިންމު ބައިތަކަކީ:

  • ލައިފްސްޓައިލް އަދި ވެލްނެސް: ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ ހިމެނޭހެން ތަރައްގީކުރުން.
  • ވަޒީފާގެ ފުރުސަތު: އިމާރާތްކުރުމާއި، ރީޓެއިލް، ލޮޖިސްޓިކްސް އަދި ޕްރޮފެޝަނަލް ސާވިސްގެ ދާއިރާއިން ގިނަ ވަޒީފާތަކެއް އުފެދުން.
  • ޓެކްނޮލޮޖީ ޓްރާންސްފާ: އާ އީޖާދުތަކާއި އުފެއްދުންތެރިކަން ރާއްޖޭގެ މަސައްކަތްތެރިންނަށް ތައާރަފްވުން.

މި މަޝްރޫއަށް ބޭނުންވާ ކަރަންޓުގެ މަދުވެގެން 60 ޕަސެންޓް އުފައްދާނީ އިޔާދަކުރަނިވި ހަކަތައިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް