ads
ހުޅުމާލޭގެ ގުދަނެއްގައި ރޯވި އަލިފާން ގަނޑު ނިއްވާލަން ފަޔާ ފައިޓަރުން މަސައްކަތް ކުރަނީ
ހުޅުމާލޭގެ ގުދަނެއްގައި ރޯވެ ބޮޑު ގެއްލުންތަކެއް
ހުޅުމާލޭގެ ގުދަނެއްގައި ރޯވެ ބޮޑު ގެއްލުންތަކެއް ލިބިއްޖެއެވެ.
Advertisement

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ ހުޅުމާލޭ ޗަނބޭލީ5 ގޯޅިތެރޭގައި ހުރި ލޮޓް ނަންބަރ 11154 ގޭގައި ހުރި ގުދަނެއްގައިކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާފދިސާގެ ރިޕޯޓް ލިބުމާއި އެކު މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް 10 މިނެޓް ތެރޭ އަލިފާން ނިއްވާލާފައިކަމަށެވެ. 

your imageހުޅުމާލޭގެ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ތެރޭގައި ހުރި މުދާތައް އަނދާ ހުލިވެފައި

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫރި ގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިން އަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އަލީފާނުގެ ހާދިސާގެ ސަބަބުން އިމާރާތުގައި ކަރަންޓު ނެތުމުން އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް އެމްއެއެންޑީއެފުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް