ads
ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ ތަމްރީނުތައް ފަށައިފި
ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ ތަމްރީނުތައް ފަށައިފި
ދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ ތަމްރީނުތައް ފަށައިފިއެވެ.
Advertisement
ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗު، ތަމްރީނުތައް ރަސްމީކޮށް ފަށްޓަވާދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. މިކަމަށް ބޭއްވި ރަަސްމިއްޔާތު އޮތީ ޅ.މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ.
 
މި ތަމްރީނުތައް ކުރިޔަށް ދާނީ ޖެނުއަރީ 31 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށްކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި ތަމްރީނުތަކުގައި ރާއްޖޭގެ 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 350 ދަރިވަރުން ބައިވެރިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.  

your imageދިވެހި ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ ތަމްރީނުތައް ފަށައިފި


މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތައުލީމާއި، ލީޑާޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައި ދޭނެކަަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަހްލާގާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ހަރަކާތްތައް ކުރިއަށް ގެންދާނެކަަމަށްވެސް އެ،މްއެންޑީއެފުން ބުނެއެވެ. މީގެއިތުރުން ފަސްޓް އެއިޑާއި ފަޔާ ފައިޓިން އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ހަރަކާތްތައް ދަސްކޮށްދީ އަސްކަރީ ތަމްރީނުގެ ހަރަކާތް ތައާރަފުކޮށްދިނުންވެސް މި ތަމްރީނުގައި ހިމެނޭކަމަށް އެމްއެމްއެންޑީއެފުން ބުނެއެވެ. .
 
ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑާޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދޭނެކަަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް